Ads by Farudhun

ޚަބަރު

އުލިގަމުގައި އަޅާ އިމިގްރޭޝަން އޮފީހުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ

އުލިގަމުގައި އަޅާ އިމިގްރޭޝަން އޮފީހުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ

އުލިގަމުގައި އަޅާ އިމިގްރޭޝަން އޮފީހުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޮކްޓޯބަރު 2026، 07:23

12 އޮކްޓޯބަރު 2026، 07:23

ހއ. އުލިގަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ލެވެލް 1 ގެ ބީމް އަދި ސްލެބްގެ މަސައްކަތްތަކަށް ފޯމްވޯކް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، އާންމު އުމްރާނީ ވަސީލަތްތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި އެމްޓީސީސީއާއި އިމިގްރޭޝަނާ ދެމެދު ސޮއިކޮށްފައި ވަނީ 2025 މާރިޗު 27 ގައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީއެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އަހުމަދު ފަސީހެވެ.



މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ދެމުން އަންނަނީ އެމްއެންޑީއެފް އިމާރާތުގެ ކުޑަ ޖާގައެއްގައި އެންމެ ދެ އޮފިސަރުންނެވެ. އެހެންކަމުން މިވަގުތު އެ ރަށުން ލިބެމުންދަނީ ހަމައެކަނި ސީޕޯޓް ކްލިއަރެންސްގެ އަސާސީ ޚިދުމަތްތައް ނަމަވެސް، އަލަށް އިމާރާތްކުރެވޭ އޮފީހާއެކު ޕާސްޕޯޓާއި ވިސާގެ ފުރިހަމަ ޚިދުމަތްތައް އެ ރަށުން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމަކީ ކޮންމެ އަހަރަކު ސައުތު އީސްޓް އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ މަގުމަތީގައި އުލިގަމުގައި ބަނދަރުކުރާ 100 އާއި 150 އާ ދެމެދުގެ ބޭރުގެ ޔޮޓްތަކަށް އަވަސް އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތްތަކަށާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަރައްގީކުރަން ރާވާފައިވާ ޔޮޓް މެރީނާއަށްވެސް މި އާ އިމާރާތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450