Ads by Farudhun

ޚަބަރު

ތަރިކައިން މާލީ މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން: ވަޒީރު ހީނާ

ތަރިކައިން މާލީ މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޮކްޓޯބަރު 2026، 08:13

12 އޮކްޓޯބަރު 2026، 08:13

ތަރިކައިން މާލީ މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމްގައި، ސަގާފީ ފަތުރުވެރިކަން ފުޅާކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއެކު ހަރުދަނާ ސިޔާސަތުތަކއް ކަނޑަނޭޅި ލަސްވަނީ ކީއްވެކަން އޮޅުންފިލުވުމަށް އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވަނީ، މީގެ ކުރިން މިފަދަ މަސައްކަތްތައް ކުރެވިގެންދާނީ އެއް މުވައްސަސާއާއި އަނެއް މުވައްސަސާއާ ދެމެދު އެހާ ބޮޑު އެއްބާރުލުމެއް ނުވަތަ ކޯޑިނޭޝަނެއް ނެތިކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ކެބިނެޓުގެ ވަޒީރުންނަށް ވެސް އެމަނިކުފާނު ލަފާފުޅުދެއްވާފައި ވަނީ، ހުރިހާ ވަޒީރުން ވެސް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ގެންގުޅުއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، މިހާރު ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މިފަދަ ސިޔާސަތުތައް ކަނޑައަޅަން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ މަޝްރޫއުގަ ހިމެނޭ ރަށްތަކަށް އަމާޒުކޮށް އެ ރަށްތަކުން ފަތުރުވެރިކަމަން މާލީ މަންފާ ލިބޭ ގޮތަށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާފަ ގާތްގަނޑަކަށް އެ މަސައްކަތް ނިމުމުގެ މަރުހަލާގަ މި ވަނީ."

ވަޒީރު ވިދާޅުވިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ރަށްތަކަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫއެވެ. ވަޒީރު ވިދާޅުވީ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތުގެއެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާކަމަށާއި މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އޮތީ 13 އަހަރު ދުވަހު ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ނޮމިނޭޝަން ފައިލް، މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގަނެފައެވެ. މިގޮތުން ހިރިގަލުގެ 5 މިސްކިތެއް މި ލިސްޓުގައި ހުށަހަޅާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450