ޚަބަރު
މިއަހަރު ހާއްސަ އެހީއަށް ބޭނުންވާ 60 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި: ވަޒީރު ޤީލާ
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އަހާ ފޯރަމްގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި، މިއަހަރުގެ މިހާތަނަށް ހާއްސަ އެހީއަށް ބޭނުންވާ 60 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެސެސްމެންޓްތައް ހަދައި، ސްކިލްސްއާއި ކޮންފިޑެންސީގެ މައުލޫމާތު ނެގުމަށްފަހު ކުންފުނިތަކާއި ސިވިލްސާރވިސްގެ އިދާރާތަކުންވެސް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން، މީހާތަނަށް ސަރުކާރުން 400 އަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދެއްވާފައިވާކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު 500 މީހުންނަށް މަދުވެގެން ވަޒީފާ ހޯދައިދިނުމަކީ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ނަމަވެސް މިއަހަރުގެ މިހާތަނަށް ވަޒީފާ ފޯރުކޮށްދެވިފައިވަނީ 60 ފަރާތަކަށް. އެހެންކަމުން، މަސައްކަތް އިތުރަށް ހަލުވިކޮށް ސިވިލްސާރވިސް ކޮމިޝަންއާއި ވާހަކަދެއްކުމަށްފަހު މިހާރު ނިންމާފައިވަނީ ސިވިލްސާރވިސްގެ އިދާރާތަކުގެ ތެރެއިން ބޭނުންވާ މިންވަރަށް ވަޒީފާ ހަމަކޮށްދިނުމަށް "
ވަޒީރު ޤީލާ ވިދާޅުވިއެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ވެސް އިތުރަށް މީގެ އިތުރަށް ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ވެސް އިތުރަށް މަސައްކަތް ކުރައްވައިގެން މިފަދަ ފަރާތްތަކަށް ކުރެވޭނެ މަސައްތަކަތްތަކެއް ކުރުމަށް ވަޒީފާ ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން، މީގެ އެންމެ މުހިއްމުކަމަކީ ވަޒީފާގެ ބާޒާރުގައި މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ހިމެނިގެންވާ އަދި ކޮންމެވެސް ސިފައެއްގައި ބައިވެރިކުރެވިފައިވާ ފަރާތްތަކަކަށް މި ފަރާތްތަކުންވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރުވެސް ވަޒީފާ ބޭނުންވެފައި 1000 އަށްވުރެ ގިނަ ފަރާތްތައް ތިބި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިހާރުވެސް އެކި ފަރާތްތަކާއި ވާހަކަދައްކައިގެން ވަޒީފާގެ ތެރޭގައި މިފަދަ ބޭފުޅުން ޝާމިލްކޮށް ވަޒީފާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް މިކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެނަދަވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.