Ads by Farudhun

ޚަބަރު

ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފަށާނީ ޔޫކޭގެ އެސެސްމަންޓުގައިވާ އުސޫލުތަކާ އެއްގޮތަށް: ވަޒީރު އަމީން

ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފަށާނީ ޔޫކޭގެ އެސެސްމަންޓުގައިވާ އުސޫލުތަކާ އެއްގޮތަށް: ވަޒީރު އަމީން

ވަޒީރު މުޙައްމަދު އަމީން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޮކްޓޯބަރު 2026، 10:13

12 އޮކްޓޯބަރު 2026، 10:13

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެސެސްމަންޓުގައި ދީފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްތައް ފުޅާވެފައިވާއިރު، އެއާޕޯޓު ނެތް ރަށްރަށުންނާއި ފަސޭހަކަމާއެކު ބަލިމީހުން އުފުލުމަށް ނުވަތަ މެޑިކަލް އިވެކުއޭޝަނަށް ހެލިކޮޕްޓަރުގެ ޚިދުމަތް މުހިންމު ކަމަށެވެ. އެހެންކަމުން ސަރުކާރުން ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަށް ނިންމި ނަމަވެސް، މީގެ 20 ނުވަތަ 25 އަހަރު ކުރިން ރާއްޖޭގައި ހިނގި ބައެއް ހާދިސާތަކާ ގުޅިގެން މި ޚިދުމަތް މެދުކެނޑިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތް ދިނުމުގައި ހަމައެކަނި އޮޕަރޭޓަރުން ހޯދުމުގެ އިތުރުން ސިވިލް އޭވިއޭޝަނާއި ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުން ވެސް ކޮންމެހެން ބޭނުންވެއެވެ. 

"މި ޚިދުމަތް ފަށަން މިހާރު ނިންމާފައި އޮތީ އިނގިރޭސިވިލާތުގެ ޔޫކޭ ސީއޭގެ އެސެސްމަންޓްތަކުގައި ދެއްވާފައިހުރި ގައިޑްލައިނާ އެކީގައި. އޭގެ އެންމެ މުހިންމު އެއް ބޭނުމަކީ މެޑިކަލް އިވެކުއޭޝަންސްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބިގެންދިއުން،" 

ވަޒީރު ވިދާޅުވިއެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ފުރަތަމަ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމަށްފަހު، އަލުން ދެވަނަ ފަހަރަށް ވެސް ހުޅުވާލާފައިވާ ކަމަށާއި، މިހާރު އެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށް ކުރިއަށްގެންދާ މި މަސައްކަތް ފެށުމުގެ މަރުހަލާ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތަށް ވަކިވަރެއްގެ ލަސްތަކެއް އުޅެނީ މިއީ ވަރަށް ބޮޑު މަސައްކަތަކަށް ވުމުގެ އިތުރުން، ވޭތުވެދިޔަ 25 އަހަރު މި ދާއިރާ މުޅިން މެދުކެނޑި، ރާއްޖޭގައި މިކަމުގެ ތަޖުރިބާއާއި ފަންނީ މަޢުލޫމާތު ނެތިފައި އޮތް ދާއިރާއެއް އަލުން ޤާއިމުކުރަން ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. މިއީ ފަތުރުވެރިން އުފުލުމުގެ އިތުރުން ސާޗް އެންޑް ރެސްކިއު އަދި މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުންކުރާނެ ޚިދުމަތެކެވެ. މީގެއިތުރުން، މި ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލައި 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމެނެއެވެ. ނަމަވެސް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު ދައްކާނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450