Ads by Farudhun

ޚަބަރު

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޓީސީސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

12 އޮކްޓޯބަރު 2026، 04:05

12 އޮކްޓޯބަރު 2026، 04:05

ގއ. ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮފްމަންޓް ކޯޕަރޭޝަން، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ކިނާންއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި ޕްރޮޖެކްޓްގެ ދަށުން، ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި ކަރަންޓުގެ މަސައްކަތްތައް ކުރާނެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މިއީ 1.81 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

1400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެރަށުގެ ޒުވާނުންގެ އުންމީދުތަކާވަރަށް ބޮޑަށް ގުޅިފައިވާ ޕ]ްރޮޖެކްޓެކެވެ. މި ރަށުގައި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް ސިއްހީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އެގޮތުން، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެއް ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450