Ads by Farudhun

ޚަބަރު

މި މަހުގެ ފުރަތަމަ ދިހަ ދުވަސްތެރޭ ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި މަހުގެ ފުރަތަމަ ދިހަ ދުވަސްތެރޭ ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަސް ޒިޔާރަތްކުރި ފަތުރުވެރިން ތަކަކަށް މަރުޙަބާ ކިޔަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2026، 04:10

12 އޮކްޓޯބަރު 2026، 04:10

މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މުއްދަތުގައި ރާއްޖެއަށް 56,872 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 58,989 ފަތުރުވެރިންނާ އަޅާބަލާއިރު %3.6 ގެ ދަށްވުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 7,241 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓަކީ ޗައިނާއެވެ. އެ ގައުމުން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

  • ޗައިނާ: 314,519 ފަތުރުވެރިން
  • ރަޝިއާ: 237,203 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 123,336 ފަތުރުވެރިން
  • އިޓަލީވިލާތް: 105,024 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 100,186 ފަތުރުވެރިން


މުޅި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.7 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު %3.4 ގެ ދަށްވުމެކެވެ. މިއަހަރު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި އަސަރުތަކުން އަރައިގަތުމުގައި މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށެވެ. އަދި ދިމާވި ހާލަތްތަކަކީ ދުނިޔޭގެ ސިނާއަތްތަކަށް އައި ބަދަލުތަކަކަށް ވުމުން، ގިނަ ކަންކަމަކީ އަމިއްލަ ބާރުގެ ދަށުގައި އޮތް ކަންކަން ނޫން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ސީޒަނަށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450