ޚަބަރު
ވަޒީރުކަން ގެއްލުމާއެކު ޚަލީލްގެ ހަނދާން ބަލިވުމުން އަޝްރަޤު ފާޑުވިދާޅުވެއްޖެ
ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޚަލީލް / ފޮޓޯ: ރައީސް އޮފީސް
ކުރީގެ ހާރިޖީ ވަޒީރު އަބްދުالله ޚަލީލް ވަޒީރުކަމުން ވަކިވެވަޑައިގަތުމާއެކު، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދަވާފައިވާތީ، އެ ބޭފުޅާގެ ހަނދާން ބަލިވެފައިވާ ކަމަށް ވިދާޅުވެ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤު ފާޑުވިދާޅުވެއްޖެއެވެ. އަޝްރަޤު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރަސްމާލޭ މަޝްރޫއުގެ ކަންކަމާ ގުޅޭގޮތުން ޚަލީލް ސުވާލު އުފެއްދެވުމުން، އެކަންކަމަށް ރައްދު ދެއްވަމުން އަޝްރަޤު ވިދާޅުވީ، ރަސްމާލެ ހިއްކަން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާ ކަމަށާއި، އެ މަޝްރޫއު ފެށި އިރުވެސް ކެބިނެޓުގައި އިންނެވި ބޭފުޅަކަށް މިވަރު ނޭނގުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި މި މައުލޫމާތު ސަރުކާރުން އެތައް ފަހަރެއްގެ މަތިން އާންމުކޮށްފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެއްވެސް ފަޅެއް، ނޫނީ ރަށެއް ވަކިން އަގުމަގެއް ނުކުރޭ. ފަތުރުވެރިކަމާ ބެހޭ ޤާނޫނާއި ގަވާއިދުތަކުން، ރާއްޖެގެ އެކި ހިސާބުތައް ފަތުރުވެރިކަމަށް ދޫކުރާ އަގުތަކެއް ކަނޑައެޅިފައިހުރޭ. ސަރުކާރުން ރަށްތަކާ ފަޅުތައް ދޫކުރަނީ އެ ރޭޓުތަކުގަ.
އަޝްރަޤު ވިދާޅުވިއެވެ.
އަޕްފްރޮންޓް ޕޭމަންޓާ ގުޅޭގޮތުން ޚަލީލް އުފެއްދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަޝްރަޤު ވިދާޅުވީ، ކޮންމެ އިންވެސްޓްމެންޓަކުން އަޕްފްރޮންޓް ޕޭއިމެންޓެއް ލިބޭކަށް ނުޖެހޭ ކަމަށާއި، އެކި އިންވެސްޓްމެންޓްތަކުގެ ނަފާ ކުރާނީ އެކި ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއުގައި ދައުލަތަށް، ރައްޔިތުންނަށް، ވަގުތުން ވަގުތަށް ލިބޭނެ އެންމެ ބޮޑު މަންފާއަކީ 5000 ހައުސިން ޔުނިޓު ކަމަށާއި، އެއީ 500 މިލިއަނެއްހާ ޑޮލަރުގެ އަގުހުރި މަޝްރޫއެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މި ދަނޑިވަޅުގައި ސޯޝަލް ހައުސިންއަށް ބޭރުގެ އެއްވެސް ފަރާތަކުން ލޯނު ނުލިބޭއިރު، 5000 ހައުސިންއަކީ މިފަދަ މަޝްރޫއެއްގެ "އަޕްފްރޮންޓް" ޕޭމެންޓަކަށް ކުޑަ އަދަދެއް ނޫން ކަމަށެވެ. މީގެ އިތުރުން ހައުސިން ސްޓޮކް އިތުރުވުމުން ލިބޭނެ އިޤްތިސާދީ މަންފާ އަދި މިއަށްވުރެވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ ހިއްކަން ގާތްގަނޑަކަށް ހަރަދުވަނީ 700 މިލިއަން ޑޮލަރު. އެ މަޝްރޫއު ފެށި އިރުވެސް ކެބިނެޓުގައި އިންނެވި ބޭފުޅަކަށް މިވަރު ނޭނގުމަކީ ދެރަ ކަމެއް. އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ މި މައުލޫމާތު އާންމުކޮށްފަ. ރާއްޖޭގެ އެއްވެސް ފަޅެއް، ނޫނީ ރަށެއް ވަކިން އަގުމަގެއް ނުކުރޭ. ފަތުރުވެރިކަމާ ބެހޭ ޤާނޫނާއި ގަވާއިދުތަކުން، ރާއްޖެގެ އެކި ހިސާބުތައް ފަތުރުވެރިކަމަށް ދޫކުރާ އަގުތަކެއް ކަނޑައެޅިފަހުރޭ. ސަރުކާރުން ރަށްތަކާ ފަޅުތައް ދޫކުރަނީ އެ ރޭޓުތަކުގަ. ކޮންމެ އިންވެސްޓްމެންޓަކުން އަޕްފްރޮންޓް ޕޭއިމެންޓެއް ލިބޭކަށް ނުޖެހޭ. އެކި އިންވެސްޓްމެންޓްތަކުގެ ނަފާ ކުރާނީ އެކިގޮތަށް. މި މަޝްރޫއުގައި ދައުލަތަށް، ރައްޔިތުންނަށް، ވަގުތުން ވަގުތަށް ލިބޭނެ އެންމެ ބޮޑު މަންފާއަކީ 5000 ހައުސިން ޔުނިޓު. އެއީ 500 މިލިއަނެއްހާ ޑޮލަރު. މި ދަނޑިވަޅުގައި ސޯޝަލް ހައުސިންއަށް ބޭރުގެ އެއްވެސް ފަރާތަކުން ލޯނު ނުލިބޭއިރު 5000 ހައުސިން އަކީ މިފަދަ މަޝްރޫއއެއްގެ “އަޕްފްރޮންޓް” ޕޭއިމެންޓަކަށް ކުޑަ އަދަދެއް ނޫން. މީގެ އިތުރުން ހައުސިން ސްޓޮކް އިތުރުވުމުން ލިބޭނެ އިޤްތިސާދީ މަންފާ އަދި މިއަށްވުރެވެސް އިތުރުވާނެ. ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ބިމުގެ މިލްކުވެރިކަން ދާއިމަށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން. މަނިކުފާނު މަޖިލީސް މެމްބަރަކަށް ހުންނެވިއިރު މަނިކުފާނު ނިސްބަތްވާ އަތޮޅު ފާފުއަތޮޅުގެ މިލްކުވެރިކަން ބޭރު ބަޔަކަށް ދޭން މަނިކުފާނުގެ ވޯޓާއެކު ފާސްކުރި ޤާނޫނު މިހާރު ވަނީ އުވާލާފަ. މަނިކުފާނުގެ ސުވާލުތަކަށް ޖަވާބު ލިބުނު ކަމަށް އުންމީދުކުރަން. ގައުމަށް ފައިދާހުރި މަޝްރޫއުތަކަށް، ސަރުކާރުގަ ހުއްޓަސް، ނެތަސް ތާއީދުކުރަންވާނެ. ކުރިން ހުންނެވި މަގާމުގައި ހުންނެވި ނަމަ މަނިކުފާނު ތި މޭރުމުން ތިވާހަކަ ނުދައްކަވާނެކަން ޔަގީން.
— 🇲🇻އަޝްރަޤް 🇵🇸 (@Ashhrag) October 12, 2026
ބިމުގެ މިލްކުވެރިކަމުގެ މައްސަލަ ފާހަގަކުރައްވައި އަޝްރަޤު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ބިމުގެ މިލްކުވެރިކަން ދާއިމަށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޚަލީލް މަޖިލީސް މެންބަރަކަށް ހުންނެވިއިރު، ޚަލީލް ނިސްބަތްވާ އަތޮޅު ފާފުއަތޮޅުގެ މިލްކުވެރިކަން ބޭރު ބަޔަކަށް ދޭން ޚަލީލްގެ ވޯޓާއެކު ފާސްކުރި ޤާނޫނު މިހާރު ވަނީ އުވާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޝްރަޤު ޚަލީލަށް މުހާތަބުކުރައްވައި އިތުރަށް ވިދާޅުވީ، ގައުމަށް ފައިދާހުރި މަޝްރޫއުތަކަށް، ސަރުކާރުގަ ހުއްޓަސް، ނެތަސް ތާއީދުކުރަންވާނެކަމަށާއި، ކުރިން ހުންނެވި މަގާމުގައި ހުންނެވި ނަމަ ޚަލީލް އެ މޭރުމުން އެ މަޝްރޫއާ ގުޅިގެން ސުވާލުނުއުފައްދާނެ ކަމަށެވެ.