Ads by Farudhun

ޚަބަރު

ރާއްޖޭގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ރާއްޖޭގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ކުއްލި ހަބަރު---

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2026، 05:49

12 އޮކްޓޯބަރު 2026، 05:49

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ މިޑް އިންޑިއަން ރިޖްއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ސަރަޙައްދަށް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ.

މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އުފެދުނު ސަރަޙައްދަކީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 1،245 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ. 



އަދި ބިންހެލުން އައި ސަރަޙައްދު ރާއްޖެއާ ދުރުގައި އޮތުމުގެ ސަބަބުން، މި ބިންހެލުމުގެ ސީދާ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ޔަޤީންކޮށްދީފައެވެ.

މިދިޔަ ހަފްތާގައި ޗާގޯސް ރަށްތަކުގެ ކައިރިއަށް ވެސް ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުން ރެކްޓަރ މިންގަނޑުން 5.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައިއިރު، އޭގެ އެއްވެސް އަސަރެއް ރާއްޖެއަކަށް ނުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450