ޚަބަރު
އެމްއެމްއޭ ފިންލިޓް ފެސްޓް: މަނީ މެޓާސް އާޓް މުބާރާތް
މަނީ މެޓާސް އާޓް މުބާރާތް---
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ފިންލިޓް ފެސްޓް މަނީ މެޓާސް އާޓް ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މާލީ ކަންކަމާ ބެހޭ މަޢުލޫމާތާއި، ޒިންމާދާރު މާލީ ނިންމުންތަކުގެ ސަބަބުން، ދިރިއުޅުމާއި، މުޖުތަމަޢު އަދި މުސްތަޤުބަލު ބައްޓަންކުރެވިދާނެ ގޮތްތަކާމެދު ފިކުރުކުރުމަށް ޒުވާނުންނަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މުބާރާތަށް ހުށަހަޅާ ހުރިހާ ކުރެހުމަކާއެކު، އެ ޚިޔާލެއް އުފެދުނު ގޮތާއި ހިޔާރުކުރި މައުޟޫޢާ ގުޅޭގޮތުން، ކުރުކޮށް (100 ބަހަށްވުރެ ގިނަ ނުވާގޮތަށް) ލިޔުންކޮޅެއް ހިމަނަންވާނެއެވެ.
ކުރެހުމުގެ ކެޓަގަރީތައް:
- ޑިޖިޓަލް އާޓް:
- ކޮންމެ ޑިޖިޓަލް ސޮފްޓްވެއަރ އެއް ނުވަތަ އެޕްލިކޭޝަނެއް ވެސް ބޭނުންކުރެވިދާނެ
- ސައިޒު: A3 (ލޭންޑްސްކޭޕް ނުވަތަ ޕޯޓްރޭޓް)
- ހުށަހަޅާނީ: ޑިޖިޓަލް ކުރެހުމުގެ ވޯކިންގ ފައިލް (މިސާލު: ޕީސީޑީ، ޕްރޯކްރިއޭޓް ފައިލް)
- ޑިޖިޓަލް ނޫން ކުރެހުން:
- ފަންސުރު، ގަލަން، ދެލި، ކްރެއޮންސް، ފެންކުލަ، ކުލަ، ޕެސްޓަލް، އެކްރިލިކް ނުވަތަ އެކި ބާވަތްތައް އެއްކޮށްގެން ވެސް ކުރެހުން ތައްޔާރުކުރެވިދާނެ.
- ސައިޒު: A3 (ލޭންޑްސްކޭޕް ނުވަތަ ޕޯރޓްރޭޓް)
- ހުށަހަޅާނީ: ކުރެހުމުގެ އަސްލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވައިގެން / ފިޒިކަލް ސަބްމިޝަން
މުބާރާތުގެ މައުޟޫތައް:
1. ސްމާޓް މަނީ ޗޮއިސަސް އެންޑް ފައިނޭންޝަލް ވެލްބީންގ: މާލީ ދުޅަހެޔޮކަން ހޯދުމަށްޓަކައި އާމްދަނީ ހޯދުމާއި، ހަރަދުކުރުމާއި، ފައިސާ ރައްކާކުރުމާއި، ބަހައިދިނުމާއި، އަދި ފައިސާ ގެންގުޅުމުގައި ޒުވާނުންނަށް ވިސްނުންތެރިކަމާއި ޒިންމާދާރުކަމާއެކު ނިންމުންތައް ނިންމިދާނެގޮތްތައް ހޯދުން.
2. ސޭވިންގްސް، ގޯލްސް އެންޑް ދަ ފިއުޗާ: ރަނގަޅު މާލީ އާދަތަކާއި، ފައިސާ ރައްކާކުރުމާއި، ރޭވުންތެރިކަމާއި، އަދި މިއަދު ނިންމާ ވިސްނުންތެރި ނިންމުންތަކުގެ ސަބަބުން ޒުވާނުންނަށް އެ ކުދިންގެ ލަނޑުދަނޑިތައް ހާސިލުކޮށް، ރައްކާތެރި އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދޭ މިންވަރު ދެއްކުން.
3. އިންކްލޫސިވް ފައިނޭންސް އެންޑް ޝެއާޑް ޕްރޮސްޕެރިޓީ: ކޮންމެ މީހަކަށްވެސް މާލީ ހިދުމަތްތަކާއި، މައުލޫމާތާއި، އަދި ފުރުސަތުތައް ހަމަހަމަކަމާއެކު ލިބެންހުންނަ، އަދި އެއްބާރުލުމާއި، ޝާމިލުވުމާއި، އަދި މުޖުތަމައުގެ އެއްބާރުލުމުގެ ސަބަބުން އެންމެންނަށް ފާގަތިކަން ލިބިގެންދާ މުސްތަގުބަލެއް ސިފަކުރުން.
4. އިނޮވޭޝަން އެންޑް ދަ ފިއުޗާ އޮފް މަނީ: ޓެކްނޮލޮޖީއާއި، ޑިޖިޓަލް ފައިނޭންސާއި، އަދި އީޖާދީ ޚިޔާލުތަކުގެ ސަބަބުން މީހުން ފައިސާ ރައްކާކުރާ، ފައިސާދައްކާ، ހަރަދުކުރާ، އިންވެސްޓްކުރާ އަދި ފައިސާ ގެންގުޅޭ ގޮތްތައް ބަދަލުވަމުންދާގޮތް ދެނެގަތުމާއެކު، ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު އެކަންކަން ބޭނުންކުރުމުގެ މުހިންމުކަން ހާމަކުރުން.
5. ރެސްޕޮންސިބަލް، އެތިކަލް އެންޑް ސަސްޓެއިނަބަލް ފައިނޭންސް: ތެދުވެރިކަމާއި، އިންސާފުވެރިކަމާއި، ޒިންމާދާރުކަމާއި، ރިސްކް ހިއްސާކުރުމާއި، އިޖުތިމާޢީ ދުޅަހެޔޮކަމާއި، އަދި ތިމާވެށި ދެމެހެއްޓެނިވިކަން ފަދަ އަޚްލާޤީ މިންގަނޑުތަކުގެ ސަބަބުން މާލީ ނިންމުންތަކަށް މަގުދައްކައިދީ ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދޭގޮތް ކުރެހުމުން ސިފަކޮށްދިނުން.
މި މުބާރާތް ކުރިއަށް ގެންދާނީ ދަރިވަރުންގެ އުމުރަށް ބަހާލައިގެން ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 5 އިން 7 އަށް އެއް ކެޓަގަރީ އަދި ގްރޭޑް 8 އިން 9 އަށް އެއް ކެޓަގަރީއެވެ.
ހުށަހެޅުމުގެ އިރުޝާދުތައް:
- ކުރެހުންތައް ހުށަހަޅަންވާނީ ވަކިވަކިންނެވެ (އަމިއްލައަށެވެ).
- ބައިވެރިންނަށް ކުރެހުމުގެ ކޮންމެ ކެޓަގަރީއަކުން އެއް ކުރެހުން ހުށަހެޅޭނެއެވެ.
- ހުށަހަޅާ ހުރިހާ ކުރެހުމަކީ އަމިއްލައަށް އުފައްދާފައިވާ އޮރިޖިނަލް ކުރެހުންތަކަކަށް ވާންވާނެއެވެ.
- އޭ.އައި ބޭނުންކޮށްގެން އުފައްދާފައިވާ ނުވަތަ ޕްލެޖިއަރިޒަމް ހިމެނޭ މަސައްކަތްތައް މުބާރާތުން ޑިސްކޮލިފައިވާނެއެވެ.
- ކުރެހުންތައް ހުންނަންވާނީ އުމުރާ އެކަށީގެންވާ މިންގަނޑުތަކުގެ ތެރޭގައެވެ.
- ޕީޒިކަލް ސަބްމިޝަންތައް: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ބޮޑުތަކުރުފާނު މަގު، މާލެ އަށް ހުށައެޅުން
- ޑިޖިޓަލްކޮށް ހުށަހެޅުން: wetransfer.com މެދުވެރިކޮށް [email protected] އަށް އީމެއިލް ކުރުން.
- ސަބްޖެކްޓް ލައިންގައި "MMA FinLit Money Matters Art Competition" ޖަހަންވާނެއެވެ.
ކަވަރ ޕޭޖެއްގައި ހިމަނަންޖެހޭ މައުލޫމާތު:
- ބައިވެރިޔާގެ ފުރިހަމަ ނަން
- ގްރޭޑާއި ސްކޫލް
- އައި.ޑީ ކާޑު ނަންބަރު
- ކުރެހުމުގެ ނަމާއި މައުޟޫޢު
- ކުރެހުމުގެ ކެޓަގަރީ (ޑިޖިޓަލް ނުވަތަ ނަން-ޑިޖިޓަލް)
- ގުޅޭނެ ނަންބަރާއި މައުލޫމާތު
- ބައިވެރިޔާގެ އައި.ޑީ ކާޑުގެ ކޮޕީއެއް އެއްކޮށް ހުށަހަޅަންވާނެއެވެ.
މާކްސް ދޭ މިންގަނޑު:
- މައުޟޫޢާ ގުޅޭ މިންވަރު
- އުފެއްދުންތެރިކަމާއި އޮރިޖިނަލްކަން
- ކުރެހުމުގެ ހުނަރާއި ހުށަހަޅާފައިވާ ގޮތް
- މެސެޖާއި ވިޝުއަލްކޮށް މާނަކޮށްދީފައިވާ މިންވަރު
- ލިޔުމުން ބަޔާންކޮށްދީފައިވާ ކޮންސެޕްޓް
ކޮންމެ ކެޓަގަރީއަކުން ހުށަހަޅާފައިވާ ކުރެހުމުގެ ބާވަތަށް ބަލައިގެން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނަ އަށް ދާ ފަރާތަކަށް 3000 ރުފިޔާގެ އިނާމާއެކު ސެޓްފިކެޓް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2,000 ރުފިޔާ އިނާމާއި ސެޓްފިކެޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، ތިނަ ވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމާއި ސެޓްފިކެޓް ލިބިގެންދާނެއެވެ.
އެގޮތުން، 01 ނޮވެންބަރ 2026 ވާ ދުވަހުގެ 23:59 ގެ ކުރިން ކުރެހުންތައް ހުށަހެޅޭނެއެވެ.