Ads by Farudhun

ޚަބަރު

އިންސާނާގެ ހަށިގަނޑަށް ވަކި ބަދަލުތަކެއް އަންނާނެކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރުން މަނާ: އެމްއެފްޑީއޭ

އިންސާނާގެ ހަށިގަނޑަށް ވަކި ބަދަލުތަކެއް އަންނާނެކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރުން މަނާ: އެމްއެފްޑީއޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ފޮޓޯ: ޞިއްޙީ ވުޒާރާ

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2026، 10:02

12 އޮކްޓޯބަރު 2026، 10:02

އެކި ބަލިތަކަށް ޝިފާ ލިބޭކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްސަ ބަދަލެއް އަންނާނެކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި މާކެޓް ކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ ދަށުން މަނާކަމެއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްޙީ މަޢުލޫމާތަކީ އިލްމީ ދިރާސާއަކުން ސާބިތުވާ ތެދު މަޢުލޫމާތަށް ވާންޖެހޭނެކަމަށެވެ. އެހެންކަމުން އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ ޢިލްތިމާސްކުރައްވާފައެވެ.

އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި، ސިއްޙީ އެތައް މަންފާތަކެއް ލިބޭކަމަށް ދޭހަވާގޮތަށް އިޝްތިހާރުކުރުމުގައި، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓުތައް ބޭނުންކުރާކަމަށް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން އިތުރަށް ހަނދާންކޮށްދެއްވީ، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލިސިސް"އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބޭނުމެއް ކުރުމަކީ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450