Ads by Farudhun

ޚަބަރު

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 47 އިންސައްތަ ނިމިއްޖެ

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 47 އިންސައްތަ ނިމިއްޖެ

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު. ފޮޓޯ: އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 09:18

13 އޮކްޓޯބަރު 2026، 09:18

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރަށުގެ މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 11،132 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 477 މީޓަރުގެ ބްރޭކްވޯޓަރ ލުމުގެ އިތުރުން 129 މީޓަރުގެ ރެވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި އެއް މީޓަރުގެ ކުއޭ ވޯލް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވެއެވެ.



މީގެއިތުރުން، ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން 1،104 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 387 މީޓަރުގެ ބްރޭކްވޯޓަރ އެޅުން ހިމެނެއެވެ. އަދި 198 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއަކާއި 6 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

44.1 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450