Ads by Farudhun

ޚަބަރު

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 99 އިންސައްތަ ނިމިއްޖެ

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 99 އިންސައްތަ ނިމިއްޖެ

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 09:35

13 އޮކްޓޯބަރު 2026، 09:35

ށ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރުމުގެ ޑިޒައިން އަދި ބިލްޑް މަޝްރޫޢުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެކްސްގައި ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ބަނދަރު މަރާމާތުކުރުމަށްޓަކައި ކުރަންޖެހޭ ފުންކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ދައުލަތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 60.7 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.



މީގެއިތުރުން، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ރައްޔިތުންނަށާއި ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގިނަ އާއްމު ރައްޔިތުން ގަބޫލުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450