Ads by Farudhun

ޚަބަރު

މިދިޔަ 9 މަސް ދުވަހު ގްރީން ޓެކުހުގެ ގޮތުގައި މީރާއަށް 1.7 ބިލިޔަން ރުފިޔާ

މިދިޔަ 9 މަސް ދުވަހު ގްރީން ޓެކުހުގެ ގޮތުގައި މީރާއަށް 1.7 ބިލިޔަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 09:54

13 އޮކްޓޯބަރު 2026، 09:54

ނިމިދިޔަ 9 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ގްރީން ޓެކުހުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އިދާރާއަށް ގްރީން ޓެކުހުގެ ގޮތުގައި ވަނީ 1,759,517,609 ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.4 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ޖުމްލަ ގްރީން ޓެކުހުގެ ގޮތުގައި އެ އިދާރާއަށް ލިބިފައި ވަނީ 202،116،264 ރުފިޔާއެވެ. 

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ އެކި ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަޤްޞަދުގައި ގްރީން ޓެކްސް ތަޢާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި ޓެކްސް ނަގަމުންދަނީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތައް އަދި ފަތުރުވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ތިބޭ ފަތުރުވެރިންގެ އަތުންނެވެ.

މިގޮތުން ގްރީން ޓެކުހުގެ މިންވަރަކީ ރިސޯޓުތަކާއި، ހޮޓާތަކާއި ސަފާރީތަކުގައި މަޑުކުރާ ކޮންމެ ފަތުރުވެރިއަކަށް 12 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް، ދެ އަހަރުން ދަށުގެ ތުއްތުކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.

ގްރީން ޓެކުހުން ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އެކި މަޝްރޫއުތަކަށެވެ. މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ އާމްދަނީއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450