Ads by Farudhun

ޚަބަރު

މިދިޔަ އަހަރާއި އަޅާބަލާއިރު އުފެއްދުންތެރިކަމުގެ މައުރަޒުގެ ބައިވެރިން 225 އިންސައްތަ އިތުރު: ސައީދު

މިދިޔަ އަހަރާއި އަޅާބަލާއިރު އުފެއްދުންތެރިކަމުގެ މައުރަޒުގެ ބައިވެރިން 225 އިންސައްތަ އިތުރު: ސައީދު

ވަޒީރު ސައީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން / ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 10:30

13 އޮކްޓޯބަރު 2026، 10:30

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ބާއްވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 225 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 25 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މައުރަޒަކީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްޔިތުންނަށާއި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، މާކެޓް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މައުރަޒުގެ ބައިވެރިންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ މި ފަރާތްތަކުގެ އަދަދު ވަރަށް މަތިވެފައިވާކަން ފާހަގަކުރައްވާފައެވެ.

"2025 ވަނަ އަހަރުގެ މައުރަޒުގެ ބައިވެރިންގެ އަދަދަށް ބަލާނަމަ މި އުޅެނީ، 240 ފަރާތެއް. މި އަހަރު 780 އަށް މި އަދަދު ވަނީ އަރާފަ. މިއީ 225 އިންސައްތައިގެ ބޮޑުވުމެއް"

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މައުރަޒުގައި ބައިވެރިކުރި ވަކިވަކި އުފެއްދުންތަކުގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު 100 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު 2،400 އުފެއްދުން ބައިވެރިކުރިއިރު، މި އަހަރު އެ އަދަދު ވަނީ 4،800 އަށް އަރާފައެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެކްސްޕޯއަށް، ދުވާލެއްގެ މައްޗަށް 80،000 އަށް ވުރެ ގިނަ މީހުން ޒިޔާރާތްކުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ ފަހަރުގެ މައުރަޒުގެ ތެރެއިން އުފެދުނު ވިޔަފާރީގެ ފުރުޞަތުތަކާއި ލިބުނު ކުރިއެރުންތަކުގެ ސަބަބުން މިފަހަރު ގިނަ އަދަދެއްގެ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ތަކެއްޗާއެކު މިފަހަރުގެ މައުރަޒު ވެގެންދާނީ އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދާނެ ވަރަށް ޝައުޤުވެރި މައުރަޒަކަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 25 އިން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450