Ads by Farudhun

ޚަބަރު

ޕީއެންސީއަށް ސޮއިނުކޮށްގެން ސަފީރަކު ވަކިކުރި ވާހަކަ ޚާރިޖިއްޔާއިން ދޮގުކޮށްފި

ޕީއެންސީއަށް ސޮއިނުކޮށްގެން ސަފީރަކު ވަކިކުރި ވާހަކަ ޚާރިޖިއްޔާއިން ދޮގުކޮށްފި

ދިވެހި ޚާރިޖިއްޔާ. ފޮޓޯ: ވޮއިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2026، 11:04

13 އޮކްޓޯބަރު 2026، 11:04

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރައްވައިގެން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ ދަށުން ވަކި އުސޫލުތަކެއްގެ މަތިން ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި އެ އުސޫލުތަކުގެ މަތިން ސަފީރުން ވަކިކުރުމުގެ ނިންމުންތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ނޫހުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ޚާރިޖިއްޔާއިން ބުންޏެވެ. އަދި އެ ބޭފުޅާ ސަފީރެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ 30 އޮކްޓޯބަރު 2024 ގައެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން، އެ ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް އެއްވެސް މުވައްޒަފަކަށް ސަރުކާރުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދިނެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ވަނީ އެ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ ދޮގު މައުލޫމާތު އާންމު ނުކުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450