Ads by Farudhun

ޚަބަރު

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއެކު މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ވާނެ: ސަޢީދު

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއެކު މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ވާނެ: ސަޢީދު

އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 11:49

13 އޮކްޓޯބަރު 2026، 11:49

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ފާސްވެގެން އައުމާއެކު، ގްރޭޓާ މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިއީ މީގެ ކުރިން މިކަން އޮތް ގޮތް ނޫން ކަމަށާއި، މި ބަދަލާއެކު ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ އޮފީހެއް މިހާރު އުފައްދަވާފައިވާ ކަމަށެވެ. އަދި އެ އޮފީހަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، މުވައްޒަފުން ހަމަޖައްސައި، ސީދާ ޓްރެފިކާއި މޮބިލިޓީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި ދާދި ފަހުން އެ އޮފީހުގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް ވެސް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށާއި، އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ގްރޭޓާ މާލެ އޭރިއާ މޮބިލިޓީ އޮފީހަށް ލަފާދިނުމަށްޓަކައި ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މުޅި ނިޒާމަށް ގެނެވުނު ވަރަށް ބޮޑު ބަދަލެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އެކަނި މަސައްކަތް ކުރުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި މަސައްކަތްތައް ހިނގަމުން ދިޔައީ ވަކިވަކިން ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީއެއް އޮވެ، ފަހުން އެ އޮތޯރިޓީ އުވާލައި މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލުކުރެވުނު ނަމަވެސް، މި ސަރުކާރުގެ ވިސްނުމަކީ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގެންނަވާ ބަދަލުތަކުގެ ތެރޭގައި، އަދި އެމަނިކުފާނަށް ލިބިވަޑައިގަންނަވާފައިވާ ތަޖުރިބާގެ އަލީގަ، މި އޮފީސް އަޅުގަނޑުމެނަށް ހެދިގެން ގްރޭޓާ މާލޭ އޭރިއާ އަކީ، ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތަށް ހަދައި މީހުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ތަނަކަށް މާލެ ސަރަހައްދު ހެދުން އެއީ މައިގަނޑު އަމާޒަކީ"

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450