Ads by Farudhun

ޚަބަރު

ވަކި ގަޑިތަކެއްގައި ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ހަދަނީ

ވަކި ގަޑިތަކެއްގައި ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ހަދަނީ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 އޮކްޓޯބަރު 2026، 12:23

13 އޮކްޓޯބަރު 2026، 12:23

މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ބޮޑެތި އުޅަނދު ނުވަތަ ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ހެވީ ވެހިކަލްތައް ވަކި ގަޑިތަކެއްގައި ނުދުއްވޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ގިނަ ވިޔަފާރިތަކެއް ހަރަކާތްތެރިވަމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.

"ވިޔަފާރިކުރާ ފަރާތްތަކަށް ވެސް މިކަމުގެ ބުރައެއް ނުވަތަ ބަރޑަންއެއް ނަގަންޖެހިއްޖިއްޔާ އެ ވާނީ ހަމަ ޖުމްލަކޮށް ސޮސައިޓީއަށް އަންނާނެ ބޮޑު މައްސަލައަކަށް. މީގެ ކުރިން ވެސް އަޅުގަނޑުމެން ހަމަ މިކަން ކުރިން، އަޅުގަނޑުމެންގެ އެހެން ސަރުކާރެއްގަ. ނަމަވެސް، އޭރުގަ ވެސް އައި އެންމެ ބޮޑު ޝަކުވާއަކީ، ވިޔަފާރިކުރާ ގަޑިތަކަށް އައި ބަދަލުތަކާއި ގުޅިގެން ލިބުނު ބޮޑެތި އުނދަގޫތައް."

ވަޒީރު ވިދާޅުވިއެވެ.

އެ ތަޖުރިބާގެ އަލީގައި މި ފަހަރު ސިޔާސަތު އެކުލަވައިލަނީ ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ ހަތަރު މަސްދުވަހު ވިޔަފާރިވެރިންނާއެކު ސަރުކާރުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އެންމެން އެއްބަސްވާ އެއް ސިޔާސަތެއް އެކުލަވައިލުމަކީ ދަތި ކަމެއް ނަމަވެސް، އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. ޚާއްޞަކޮށް ގޭބިސީތަކުގައި ބޭނުންކުރާ ގޭހާއި ފެން އުފުލާ ގަޑިތަކަށް އަންނާނެ ބަދަލުތަކަށް ސަމާލުކަންދީ، އެ ދާއިރާގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އޮފީސް އަދި ސްކޫލް ގަޑިތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު މަތިން ބޮޑެތި އުޅަނދުތައް ދަތުރުކުރުމުގެ ސަބަބުން ބޮޑެތި ކިއުތައް ހެދި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ދަތިތައް ހައްލުކުރުމަށް ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ވެހިކަލްތައް ގެންގުޅޭ ކުންފުނިތަކާ ވާހަކަދައްކައި، ދެފަރާތަށް ވެސް ދަތިނުވާނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގިނަ ބަޔަކު އެއް ވަގުތެއްގައި ދަތުރުކުރަން ޖެހުމުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށް އެކުލަވައިލާ މި އައު އުސޫލު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓްކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450