Ads by Farudhun

ޚަބަރު

މާލެތެރެއަށް ބަނގުރާ ސަޕްލައިކުރާ ނެޓްވޯކުން ހައްޔަރުކުރި ތިން މީހުން ބަންދުކޮށްފި

މާލެތެރެއަށް ބަނގުރާ ސަޕްލައިކުރާ ނެޓްވޯކުން ހައްޔަރުކުރި ތިން މީހުން ބަންދުކޮށްފި

މައްސަލާގައި ހައްޔަރުކުރި ތިން މީހުން. ފޮޓޯ: ޕޮލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2026، 02:05

13 އޮކްޓޯބަރު 2026، 02:05

މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހ. މާދޫގޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބިދޭސީ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެއީ؛

  • އަލް އަމީން (34 އަހަރު)
  • ޕޮލިން (43 އަހަރު)
  • އެމްޑީ ރަކިބް ހޮސެން (25 އަހަރު)

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެމްޑީ ރަކިބް ހޮސެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯއެއް ބަލައި ފާސްކުރިއިރު، އެ ގެއިން 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފައެވެ. އަދި ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގައެވެ. އެ ތަނުން ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެނިހެން ސާމާނުތައް ވެސް ފެނިފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450