Ads by Farudhun

ޚަބަރު

ބޭސްފަރުވާއަށް ދޭ 1000 ޑޮލަރު ދޫކުރާނެ 6 ޤައުމެއް އެމްއެމްއޭއިން ކަނޑައަޅައިފި

ބޭސްފަރުވާއަށް ދޭ 1000 ޑޮލަރު ދޫކުރާނެ 6 ޤައުމެއް އެމްއެމްއޭއިން ކަނޑައަޅައިފި

އެމްއެމްއޭ. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2026، 05:13

13 އޮކްޓޯބަރު 2026، 05:13

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ 1000 އެމެރިކާ ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ހަ ޤައުމަކަށް އެކަނި ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

މި އުސޫލުގެ ދަށުން 1000 ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މި ބަދަލު ގެނައީ ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމަށް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

މި ބަދަލު ގެނައި ނަމަވެސް، ކުރިއެކޭ އެއްގޮތަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ހަމަޖައްސާފައިވާ 2000 ޑޮލަރުގެ އިނާޔަތް އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކަން ފެށީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި އުސޫލަށް އަމަލުކުރަން ފެށުމާއެކު ބޭސްފަރުވާއަށް ވިއްކި ޑޮލަރުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ އެކި ބޭނުންތަކަށް ޖުމުލަ 41.1 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ފަރާތްތަކަށް ވިއްކި ޑޮލަރެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ދިވެހީންނަށް އެކަނިވެސް 29.2 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450