Ads by Farudhun

ޚަބަރު

ގުޅީ ބަނދަރަށް ބޭނުންވާ އެއްގަމުތޮށީގެ ބްލޮކް ޝިޕްމެންޓެއް އެ ރަށަށް ގެންގޮސްފި

ގުޅީ ބަނދަރަށް ބޭނުންވާ އެއްގަމުތޮށީގެ ބްލޮކް ޝިޕްމެންޓެއް އެ ރަށަށް ގެންގޮސްފި

ކ. ގުޅި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2026، 05:48

13 އޮކްޓޯބަރު 2026، 05:48

ކ. ގުޅީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސް، ސައިޓުގައި މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

 މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމާއި ތޮށިލުމަށް ތައްޔާރުވުމުގެ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 12 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 530 ދުވަހުގެ ތެރޭގައެވެ.

ގުޅީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން 28,760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 172 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 38 މީޓަރުގެ ބޭރުތޮށްޓަކާއި، 287 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި 772 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.

މި މަޝްރޫޢަކީ ގުޅީގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމާއި އާބާދީ އިތުރުވަމުން އައުމާ ގުޅިގެން، އެރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. އެގޮތުން އެމްޓީސީސީން ދާދިފަހުން ނިންމި މަޝްރޫޢުގެ ދަށުން ގުޅިން 10.15 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އަލަށް ތަރައްޤީކުރެވޭ ބަނދަރަކީ އެ ބިމާ ގުޅިގެން ރަށުގެ އިޤްތިޞާދީ އަދި ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450