Ads by Farudhun

ޚަބަރު

މެލޭޝިއާގައި އޮތް މުހިންމު މަސައްކަތު ބައްދަލުވުމެއްގައި އެމްޓީސީސީން ބައިވެރިވެއްޖެ

މެލޭޝިއާގައި އޮތް މުހިންމު މަސައްކަތު ބައްދަލުވުމެއްގައި އެމްޓީސީސީން ބައިވެރިވެއްޖެ

ވޯކްޝޮޕްގައި ބައިވެރިވި އެމްޓީސީސީގެ ޓީމް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2026، 05:42

13 އޮކްޓޯބަރު 2026، 05:42

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ބޭއްވި ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު ކޮންފަރެންސެއްގައި ބައިވެރިވެއްޖެއެވެ.

ޕީއެމްއައި މެލޭޝިއާއިން އިންތިޒާމުކޮށްގެން މި މަހުގެ 12 އިން 13 އަށް ކުރިއަށްގެންދިޔަ "ޕްރިޒަމް އެންޑް އިގްނައިޓް 2026" ގެ ނަމުގައި ބޭއްވި މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ޗެއަރޕާސަން އަލްފާޟިލާ ސާދާ އިބްރާހީމްގެ އިތުރުން ސީނިއަރ ޖެނެރަލް މެނޭޖަރ އުމަރު ޒާހިރު، ޖެނެރަލް މެނޭޖަރ އިބްރާހީމް ޙަސަން އަދި އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ސީޑީޑީ) ގެ ޒޯން މެނޭޖަރުންނެވެ.

"ޕްރޮޖެކްޓް މެނޭޖަރ އެޒް އޯކެސްޓްރޭޓަރ: ދަ ގާޑިއަން އޮފް ޕްރޮޖެކްޓް ވެލިއު" މި ޝިޢާރުގެ ދަށުން ބޭއްވި މި ކޮންފަރެންސަކީ، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މާހިރުންނާއި، ސިނާއީ ލީޑަރުން އަދި އީޖާދީ ފަރާތްތައް އެއްތަނަކަށް އެއްކޮށް، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިގޮތުން، ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާއިރު ހަރުދަނާ ލީޑަރޝިޕެއް ޤާއިމުކުރުމާއި، ޑިޖިޓަލް ބަދަލުތައް ގެނައުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އިތުރުން، ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމާއި އަގުހުރި ނިންމުންތައް ނިންމުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން، ޕްރޮޖެކްޓްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އޮޕަރޭޝަނަލް ކޯޑިނޭޝަން ރަނގަޅުކުރުމުގެ އިތުރުން، މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ މުހިންމު ވިސްނުންތަކާއި މަޢުލޫމާތުތައް ލިބިގެންދިޔަ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އަދި މިކަމަކީ، އެ ކުންފުނިން ހިންގާ މަޝްރޫޢުތަކުގައި ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ނަތީޖާއެއް ޙާޞިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450