Ads by Farudhun

ޚަބަރު

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން---

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2026، 08:18

13 އޮކްޓޯބަރު 2026، 08:18

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ޚާއްޞަކޮށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އާމިރު ސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ޚާންއެވެ. ފުލުހުން ދަނީ މި މީހުންނާ ގުޅޭ އިތުރު ތަހުގީގުތައް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ކަމާބެހޭ ހުއްދަ އާއި ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައެވެ. އެހެންކަމުން، މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ ޓާސްކްފޯސްއާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

މިފަދަ މައްސަލަތައް ރިޕޯޓުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450