Ads by Farudhun

ޚަބަރު

މާރުކޭޓް އަޅާ ސަރަޙައްދު ހުސްކުރަން ފަހު މުޙުލަތެއް

މާރުކޭޓް އަޅާ ސަރަޙައްދު ހުސްކުރަން ފަހު މުޙުލަތެއް

މަސްމާރުކޭޓްގައި މަސްކެނޑުމުގެ މަސައްކަތް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2026، 11:47

14 އޮކްޓޯބަރު 2026، 11:47

މާލޭގެ މައި މާރުކޭޓް ކޮމްޕްލެކްސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ހުސްކުރުމަށް ފަހު މުޙުލަތެއް ދީ، މާދަމާގެ ނިޔަލަށް އެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލޭގައި ހިންގަމުންދާ މައި މާރުކޭޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ކުރިއަށްގެންދާ މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު، މިއަހަރުގެ މާރިޗު މަހު ޙަވާލުކޮށްފައިވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. ނަމަވެސް މަސައްކަތް ޙަވާލުކުރިތާ 5 މަސްދުވަސް ވޭތުވެދިޔައިރުވެސް، މާލެ ސިޓީ ކައުންސިލުން އެ ބިން ހަވާލުނުކުރާތީ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ނުލިބި ލަސްވުމުގެ ސަބަބުން، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުފެށި ކޮންޓްރެކްޓަރުގެ ޝަކުވާ ލިބެމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މާލެ ތައިސޭ ކޮށި ބިއްދޮށުގައި ވަގުތީ ލޯކަލް މާރުކޭޓެއް ޤާއިމުކޮށް މިހާރު ވަނީ ވިޔަފާރިވެރިންނަށް ގޮޅިތައް ދޫކުރަން ފަށާފައެވެ.

ވަގުތީ ސަރަޙައްދުގައި ހަމަޖެއްސިފައިވަނީ 96 ގޮޅިއެވެ. ނަމަވެސް މިހާރުގެ ލޯކަލް މާރުކޭޓުގައި 124 ގޮޅި ހިމެނޭތީ، ބާކީ ތިބި 28 ފަރާތަށް ގޮޅި ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން މާދަމާގެ ނިޔަލަށް މިހާރުގެ ބިން އެއްކޮށް ހުސްކޮށް ޙަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ.

މަޝްރޫޢުގެ މުހިންމު ތަފްޞީލުތައް
މާލޭގެ ބާޒާރުމަތީގައި ތަރައްޤީކުރާ މި މާރުކޭޓް ކޮމްޕްލެކްސަކީ 126.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ޖުމުލަ 6 ފަންގިފިލާއަށް ހަދާ މި ޢިމާރާތުގެ ބިމުގެ ބޮޑުމިނަކީ 15،525 އަކަފޫޓެވެ. އަދި ހުރިހާ ފަންގިފިލާތައް އެއްކޮށް 95،000 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ލިބިގެންދާނެއެވެ.

މި އައު އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓުވެސް ބަދަލުކުރާނީ މި ކޮމްޕްލެކްސަށެވެ. މުޅި މަޝްރޫޢުގެ ދަށުން ޖުމުލަ 455 ގޮޅި ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ބޭސްމަންޓުގައި 400 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހުންނާނެއެވެ. ހަމަމިއާއެކު އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރާނީ ކެފޭ އަދި ރެސްޓޯރަންޓް ހިމެނޭ ފުޑް ކޯޓަކަށެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމެވެ. މިއީ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، ވިޔަފާރިވެރިންނަށާއި ޢާންމު ރައްޔިތުންނަށް ޒަމާނީ ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450