Ads by Farudhun

ޚަބަރު

ތިނަދޫގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ސައިކަލެއް ދެ މީހުންނާއެކު މޫދަށް ވެއްޓިއްޖެ

ތިނަދޫގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ސައިކަލެއް ދެ މީހުންނާއެކު މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫ. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2026، 11:49

14 އޮކްޓޯބަރު 2026، 11:49

ގދ. ތިނަދޫގައި ދެ މީހުންނާއެކު ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ބަނދަރު މޫދަށް ވެއްޓުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:28 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ތިނަދޫ ޑީއެމްއެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮހެވެ. މިހާތަނަށް ބެލި ބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެންނެވެ. އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު ވަނީ މޫދަށް ވެއްޓިފައެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ސައްހަ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މޫދަށް ވެއްޓުނު ސައިކަލު ވަނީ ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ ހަވީރު 17:47 އެހައިކަންހާއިރު މޫދުން ނަގައި، އުޅަނދުގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު އުޅަނދު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެންނާއި އުޅަނދު ދުއްވާ މީހާއަށާއި ފަހަތުގައި އިންނަ މީހާއަށް ދަތިނުވާނެ ގޮތަށް ރައްކާތެރިކަމާއެކު މުދާ އުފުލުމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ހަނދާންކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450