Ads by Farudhun

ޚަބަރު

5 ރުފިޔާގެ ނޫޓު މަދުވުމުން އައު ސްޓޮކެއް ގެނެސްފި

5 ރުފިޔާގެ ނޫޓު މަދުވުމުން އައު ސްޓޮކެއް ގެނެސްފި

ރުފިޔާގެ އައު ސްޓޮކް. ފޮޓޯ: އެމްއެމްއޭ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 އޮކްޓޯބަރު 2026، 11:45

14 އޮކްޓޯބަރު 2026، 11:45

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 5 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް އެ އިދާރާއަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، އިގްތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި، އެ އިދާރާއަށް  ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް، ނޫޓު ޗާޕުކުރުމުގެ މަސައްކަތް އަބަދު ވެސް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މިއަދު ގެނައި 5 ރުފިޔާގެ އައު ސްޓޮކަކީ، 2017 ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކު ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. 

5 ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެއް ކަމަށްވީ ނަމަވެސް މި ނޫޓަކީ ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. އެހެންކަމުން އެ އިދާރާއިން ދަނީ، ކޮންމެ އަހަރަކު އާންމުންނާއި ބޭންކުތަކަށް މި ނޫޓު ގިނަ އަދަދަކަށް ދޫކުރަމުންނެވެ.

އަލުން ޗާޕުކޮށްގެން މިއަދު ގެނެސްފައިވާ 5 ރުފިޔާގެ ނޫޓު 15 އޮކްޓޫބަރު 2026 އިން ފެށިގެން، ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނޫޓުގައި ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރުއެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ޞަފަރު 1447އެވެ.

އަދި، 5 ރުފިޔާގެ މި އައު ޗާޕުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި، މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން އިތުރަށް ވިދާޅުވީ، މި 5 ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުންދާނެ ކަމަށެވެ.

މިއީ އައު ފައިސާ ޗާޕުކޮށްގެން ޚަރަދުތައް ހަމަޖެއްސުން ނޫން ކަމަށްވާއިރު، މިއީ އިގްތިސާދުގައި ދައުރުވާ ނަގުދު ފައިސާގެ ތެރެއިން ބައުވެ، ހަލާކުވެގެން ދައުރުވުމުން ބޭރުކުރާ ނޫޓުތަކުގެ ބަދަލުގައި، އަދި އިގްތިސާދު ފުޅާވުމާ ގުޅިގެން މުއާމަލާތްތަކަށް ބޭނުންވާ ނަގުދު ފައިސާގެ ޑިމާންޑް ހަމަޖެއްސުމަށްޓަކައި ކުރިއަށްގެންދާ އާންމު ކޭޝް މެނޭޖްމަންޓް ޕްރޮސެސްއެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450