ޚަބަރު
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ސައިފްގެ މުއްދަތު ޖަހައިފި
މައްސަލާގައި ހައްޔަރުކުރި ސައިފް. ފޮޓޯ: ޕޮލިސް
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މުޙައްމަދު ސައިފްގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. އެ ހާދިސާ ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށާއި، އޭގެ ތެރެއިން އެއް ސައިކަލުގައި 3 މީހުން އަރުވައިގެން ދުއްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ސައިކަލުގައި އިން ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފް ވަނީ އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު ދޫކޮށްލުމުން، 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަސް އިތުރުކޮށްދީފައެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މުޙައްމަދު ސައިފަކީ ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑު އޮތް މީހެކެވެ. މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކުގެ އިތުރުން، ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމުގެ ކުށުގެ ރެކޯޑުވެސް އޭނާގެ މައްޗަށް އޮވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.