Ads by Farudhun

ޚަބަރު

ބަރާބަރަށް ކުލި ނުދައްކާ ޔުނިޓުތަކެއް ހުސްކުރަން އެފްޑީސީން އަންގައިފި

ބަރާބަރަށް ކުލި ނުދައްކާ ޔުނިޓުތަކެއް ހުސްކުރަން އެފްޑީސީން އަންގައިފި

އެފްޑީސީއިން އެޕާޓްމެންޓެއްގެ ދޮރުގައި ތަތްކޮށްފައިވާ ނޯޓިސް / ފޮޓޯ: އެކްސް

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2026، 06:23

14 އޮކްޓޯބަރު 2026، 06:23

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް ދާދިފަހުން ދޫކުރި "އަމާން" ފްލެޓުތަކުގެ ތެރެއިން، މަހުން މަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ހުރި ބައެއް އެޕާޓްމަންޓްތައް ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަވާއިދުން ކުލި ނުދައްކާތީ އެފްޑީސީން މިހާތަނަށް ވަނީ 4 ޔުނިޓެއް ހުސްކުރުމަށް ރަސްމީކޮށް ނޯޓިސް ދީފައެވެ. 

އެފްޑީސީން އެ ޔުނިޓުތަކަށް ފޮނުވި ނޯޓިހުގައި އަންގާފައިވަނީ، މަހުން މަހަށް ދައްކަންޖެހޭ ކުއްޔާއި މެއިންޓެނަންސް ފީ ދައްކަމުން ނުދާ ކަމަށެވެ. އެހެންކަމުން، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ ޔުނިޓުތައް ހުސްކޮށް އެ ކޯޕަރޭޝަނާ ހަވާލުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ފީދައްކާފައި ނުވަނީ ކިހާ މުއްދަތަކަށްކަމެއް އަދި ސާފެއް ނުވެއެވެ.

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ޖުމްލަ 4،000 ހައުސިން ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2،800 އެޕާޓްމެންޓާއި، 2 ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. މީގެ ތެރެއިން 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 650 އަކަފޫޓެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 900 އަކަފޫޓެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ އަގުތަކަށް ބަލާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީ ހިމެނޭހެން 10،000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީއާއެކު 7،000 ރުފިޔާއެވެ. މި އެޕާޓްމެންޓުތަކުގެ އަގު ކުޑަކޮށްފައި މިވަނީ ސަރުކާރުގެ ސަބްސިޑީއާއެކުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ދ

ދަންޑަހިލު

14/10/2026 20:21

ނިކަމެތިރައްޔިތުންގެ ހައްގުގަނިންމި ވަރަށްސްމާރޓްނިންމުމެއް