ޚަބަރު
އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަޤާމުން އަފީފު ވަކިކޮށްފި
ފެނަކައިގެ އެމްޑީގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން---
އުވާލުމުގެ މަރުހަލާގައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އަފީފު އެ މަޤާމުން ވަކިކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. ނަމަވެސް، އޭނާ އެ މަޤާމުން ވަކިކުރި ސީދާ ސަބަބެއް އެ ބޯޑުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މުޙައްމަދު އަފީފު ހުސައިން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ މަޤާމުން މި ވަކިކުރެއްވީ އެ މަޤާމުގައި ހަތް މަހެއްހާ ދުވަހު ޚިދުމަތް ކުރެއްވިފަހުންނެވެ.
ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ އުވާލައި އެ ކުންފުނިން ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ނިންމުމާ އެއްގޮތަށް ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ފެނަކައިގެ ދަށުން ފޯރުކޮށްދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތަކާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.