Ads by Farudhun

ޚަބަރު

މީދޫ ޕޮލިސް ސްޓޭޝަން މަޝްރޫއު: މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތް ފަށައިފި

މީދޫ ޕޮލިސް ސްޓޭޝަން މަޝްރޫއު: މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތް ފަށައިފި

ދ. މީދޫ ޕޮލިސް ސްޓޭޝަން މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޮކްޓޯބަރު 2026، 09:36

15 އޮކްޓޯބަރު 2026، 09:36

ދ. މީދޫގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަންގެ މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދ. މީދޫ ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތުގެ އިތުރުން ސެލް ބްލޮކްގެ ކޮލަމްތަކުގެ މަސައްކަތްތައް ވެސް މިހާރު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މަޝްރޫޢު އެމްޓީސީސީއާ ރަސްމީކޮށް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 14 މާރިޗު 2026 ގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު ޤާއިމުކުރުމާއި، ދ. މީދޫ ހިމެނޭހެން 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.



ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މިއީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ މި އަމާޒު ޙާޞިލުކުރުމަށް ޓަކައި އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޯސްޓުތައް އަދި ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތްތައް އަންނަނީ ހަލުވިކަމާއެކު ހިންގަމުންނެވެ.

މީދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ޤާއިމުވެގެން ދިއުމާއެކު، އެ ރަށުގައި ކުށްމަދުކުރުމަށާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެއެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެ، ރައްކާތެރި މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް ގިނަ ބަޔަކުދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450