Ads by Farudhun

ޚަބަރު

އޮމަދޫ ބަނދަރު މަޝްރޫޢު: ކީވޯލް ޝަޓަރިންގ އަދި ކޮންކްރީޓް މަސައްކަތް ބާރަށް ކުރިއަށް

އޮމަދޫ ބަނދަރު މަޝްރޫޢު: ކީވޯލް ޝަޓަރިންގ އަދި ކޮންކްރީޓް މަސައްކަތް ބާރަށް ކުރިއަށް

އދ. އޮމަދޫ ބަނދަރު ހެދުން. ފޮޓޯ:އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2026، 11:01

15 އޮކްޓޯބަރު 2026، 11:01

އދ. އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށީގެ ކީވޯލް ޝަޓަރިންގ އަދި ކޮންކްރީޓް މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އޮމަދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މޮބިލައިޒްކޮށްފައިވަނީ 30 ޖުލައި 2023 ގައެވެ. މިހާރު މި މަޝްރޫޢުގެ ޖުމްލަ 51 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޭރު ތޮށީގެ ކީވޯލް ބްލޮކް ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ކީވޯލްގެ ޝަޓަރިންގ އެޅުމާއި ކޮންކްރީޓް ކުރުމުގެ މަރުޙަލާއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 66.96 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 49,765 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، 12,105 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެއިތުރުން 346 މީޓަރުގެ އެއްގަމުތޮއްޓަކާއި، 398 މީޓަރުގެ ބޭރުތޮށި އަދި 208 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި ބަނދަރުގެ ބޭނުން ހިފުމުގައި ލުއިފަސޭހަކަން އިތުރުކުރުމުގެ ގޮތުން 16,470 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 150 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމުގެ އިތުރުން ދޯނިފަހަރު އެހެލާ ބޭލުމަށް ރޭމްޕެއް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އޭގެ އިތުރުން ރޭގަނޑު ފަޅު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ބަނދަރު ބައްތިތަކާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450