Ads by Farudhun

ޚަބަރު

އާރުޑީސީގެ އެމްޑީ ވަކިކޮށް، ކުންފުނި ހިންގުން އެމްޓީސީސީގެ އެމްޑީއާ ހަވާލުކޮށްފި

އާރުޑީސީގެ އެމްޑީ ވަކިކޮށް، ކުންފުނި ހިންގުން އެމްޓީސީސީގެ އެމްޑީއާ ހަވާލުކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޮކްޓޯބަރު 2026، 11:09

15 އޮކްޓޯބަރު 2026، 11:09

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށް، އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއާ ހަވާލުކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީ އައްޔަނުކުރައްވާފައި ވަނީ 14 އޮކްޓޯބަރު 2026 އިން ފެށިގެން ކަމަށެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން  ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވެވި  ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ރައީސް ވަނީ، އެ ދެ ކުންފުނިން ވެސް ކުރަމުންދަނީ އެއް މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، ޚާއްސަކޮށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެ ކުންފުނިން ވަކިން ކުރުމަކީ ވަސީލަތްތައް ފުށުއަރައި، ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލާއެކު އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާހުރި، ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450