ޚަބަރު
މައްކާއާއި މަދީނާއަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އުންމަތަށް ދެވޭ ހަމަލާއެއް: ޑރ. އިލްޔާސް
ޑރ. އިލްޔާސް ޙުސައިން--
މައްކާއާއި މަދީނާއަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އުންމަތަށް ދެވޭ ހަމަލާއެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ. އިލްޔާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައްކާ މަދީނާގެ އަމާންކާމާއި ރަތްކާތެރިކަން ގެއްލޭފަދަ އެއްވެސް ހަމަލާއަކީ މުޅި އިސްލާމީއުންމަތަށް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި ޑރ. އިލްޔާސް ވަނީ މަދީނާއާއި ސައުދީ އަރަބިއްޔާ، އަމާންކަމާއި ސުލްހަވެރިކަމާއެކު ލެހެއްޓެވުން އެދު ދުޢާކުރައްވާފައެވެ.
ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޑްރޯނާއި ބެލިސްޓިކް މިސައިލް ހަމަލާތައް ދިނުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންދާއިރު، ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ އެފަދަ ގިނަ ހަމަލާތަކެއް ވައިގެ ތެރެއިން ދިފާޢުކޮށް ނައްތާލަމުންނެވެ.
މައްކާ މަދީނާގެ އަމާންކާމާއި ރަތްކާތެރިކަން ގެއްލޭފަދަ އެއްވެސް ހަމަލާއަކީ މުޅި އިސްލާމީއުންމަތަށް ދެވޭ ހަަމަލާއެއް نسأل الله أن يديم الأمن والسلام في المدينة المنورة و المملكة العربية السعودية، وأن يحفظها من المخططات الشريرة. آمين يارب العالمين.
— Dr.Ilyas Hussain (@shkilyas) September 18, 2026
ހާއްސަކޮށް މައްކާއާ ދިމާލަށް ޙޫޘީން ޑްރޯންތަކާއި މިސައިލްތައް ފޮނުވަމުންދާއިރު، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މުޤައްދަސް ބިންތަކުގެ ސަލާމަތަކީ ކަންކަން އިސްލާމީ ދުނިޔެއިން ދަމަހައްޓާނެ ކަމެއް ކަމަށް ސަޢޫދީ އިސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މައްކާގެ ޙަރަމްފުޅާއި މަދީނާގެ މަސްޖިދުއްނަބަވީއަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ދެ ބިނާއަށް ވާއިރު، އިސްލާމީ ޝަރީޢަތުގައި އެ ދެ ބިމަކީ ލޭއޮހޮރުވުމާއި ހަމަނުޖެހުން ހިންގުން ދާއިމަށް ޙަރާމް ކުރައްވާފައިވާ އަމާންވެގެންވާ ދެ ސަރަޙައްދެވެ.
ސަޢޫދީގެ މުޤައްދަސް ބިންތަކަށް އަމާޒުވާ މިފަދަ ހަމަލާތައް ދިވެހި ސަރުކާރުން ވެސް ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުންނެވެ. އަދި ދެ ޙަރަމްފުޅުގެ ހިމާޔަތުގައްޔާއި ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތާއި ދިފާޢުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެކަން ސަރުކާރުން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ.