Ads by Farudhun

ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ޓަކައި ބައެއް ބާވަތުގެ އުޅަނދުތައް ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

މަގުމަތީގެ  ރައްކާތެރިކަމަށް ޓަކައި ބައެއް ބާވަތުގެ އުޅަނދުތައް ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

މާލޭ މަގުމަތީގައި ބަރު އުޅަނދު ދުއްވުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޮކްޓޯބަރު 2026، 04:38

15 އޮކްޓޯބަރު 2026، 04:38

މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި ބައެއް ބާވަތުގެ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި، ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި، ބަރު އުޅަނދު ދުއްވާ ގަޑިތައް ހަމަޖައްސާފައިވާ ކަމަށެވެ. 

އަދި ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި އެއިން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން އެ ވުޒާރާއިން ދުއްވުން މަނާކޮށްފައި ވަނީ، 350  ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ  ބަރު އުޅަނދުފަހަރެވެ. ދުއްވުން މަނާ ގަޑިތަކުގައި މި އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައި ދުއްވުން މަނާ ވާނެއެވެ. އަދި ހުޅުމާލޭގެ މަގުތަކާއި، ބުރިޖާއި ހައިވޭގައި ދުއްވުން ވެސް މަނާވާނެއެވެ. 

ދުއްވުން މަނާ ގަޑިތައް:

  • ހެނދުނު 06:00 އިން ހެނދުނު 08:30 އަށް
  • ހެނދުނު 11:30 އިން މެންދުރު 01:30 އަށް

މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން އެ  ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވުޒާރާއިން އެދެއެވެ.  އަދި މި އިއުލާނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

 އޮފީސް އަދި ސްކޫލް ގަޑިތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު މަތިން ބޮޑެތި އުޅަނދުތައް ދަތުރުކުރުމުގެ ސަބަބުން ބޮޑެތި ކިއުތައް ހެދި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. މިއީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450