Ads by Farudhun

ޚަބަރު

ބަޔަކު ބަޑިތަކެއް ގެންގުޅޭތީ ފުލުހުން ހިންގި އޮޕަރޭޝަނުން ފެނުނީ ކުޅޭކުޅޭ ބަޑިތަކެއް

ބަޔަކު ބަޑިތަކެއް ގެންގުޅޭތީ ފުލުހުން ހިންގި އޮޕަރޭޝަނުން ފެނުނީ ކުޅޭކުޅޭ ބަޑިތަކެއް

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގެ މަންޒަރެއް---

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2026، 09:16

16 އޮކްޓޯބަރު 2026، 09:16

ސޯޝަލް މީޑިއާގައި ބަޔަކު ބަޑިއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ވީޑިއޯއިން ފެންނަ ތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ހާމަވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެ ވީޑިއޯއަކީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ހާދިސާއެއްކަން ވަނީ ދެނެގަނެވިފައެވެ.

ފުލުހުން މި މައްސަލަ ބަލަން ފެށުމަށްފަހު، ހުޅުމާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައެވެ. އެވަގުތު ކާރު ދުއްވަން އިން މީހާއާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން ވަނީ އެނގިފައެވެ. އެހެންކަމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ފުލުހުން އިތުރަށް ބެލިބެލުމުން ކަށަވަރުވެފައިވާ ގޮތުގައި، ވީޑިއޯއިން ފެންނަ ބަޑިތަކަކީ އަސްލު ބަޑިއެއް ނޫނެވެ. އެއީ ކުޅޭކުޅޭ ބަޑިތަކެކެވެ. އަދި އެތަކެތި ހިފައިގެން އެގޮތަށް އުޅުނީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކަމަށް އެ ކާރު ކުއްޔަށް ނެގި ފަރާތުން ފުލުހުންނަށް ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެނުނު ކުޅޭކުޅޭ ބަޑިތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450