Ads by Farudhun

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަށް ހުށަހެޅި ލޯގޯތަކަށް ވޯޓުލުމަށް ހުޅުވާލައިފި

އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަށް ހުށަހެޅި ލޯގޯތަކަށް ވޯޓުލުމަށް ހުޅުވާލައިފި

އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަށް ހުށަހެޅި އެންމެ މޮޅު ދިހަ ލޯގޯ---

farudhun logo

ފަރުދުން

17 އޮކްޓޯބަރު 2026، 12:19

17 އޮކްޓޯބަރު 2026، 12:19

ދިވެހިރާއްޖޭގައި އިޙްތިރާމް އަދާކުރުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ހިންގާ ޤައުމީ މަޝްރޫޢުގައި ބޭނުންކުރުމަށް ހުށަހެޅި ލޯގޯތަކުގެ ތެރެއިން އެންމެ މޮޅު 10 ލޯގޯ ޝޯޓްލިސްޓުކޮށް، އާންމުންގެ މެދުގައި ވޯޓުލުމަށް ހުޅުވާލައިފިއެވެ.

ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގައި ލިބުނު ހުރިހާ ލޯގޯތައް ފަނޑިޔާރުން ބައްލަވައި، އިވެލުއޭޓް ކުރުމަށްފަހު އެންމެ ފުރިހަމަ 10 ލޯގޯ މިހާރު ޝޯޓްލިސްޓު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި 10 ލޯގޯގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށްޓަކައި ވޯޓުލުމުގެ މަރުޙަލާއެވެ.

އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުލުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ 00:00 އެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ފުރުޞަތުގައި ޖުމްލަ 22 ލޯގޯއެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.



މި މުބާރާތުން އެއްވަނައަށް ހޮވޭ އެންމެ މޮޅު ލޯގޯ ފަރުމާކުރި ފަރާތަކަށް، އިނާމެއްގެ ގޮތުގައި 60،000 (ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މުޖުތަމަޢުގައި އަޚްލާޤީ ރީތި ސިފަތަކާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޤައުމީ މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450