Ads by Farudhun

ޚަބަރު

ވެލިދޫގެ ފަންނީ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ވެލިދޫގެ ފަންނީ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ވެލިދޫގެ ފަންނީ މައުރަޒު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޮކްޓޯބަރު 2026، 12:47

17 އޮކްޓޯބަރު 2026، 12:47

ނ. ވެލިދޫގައި ކުރިޔަށް ގެންދިޔަ ފަންނީ މައުރަޒު ވަރަށް ބޮޑު ތަރުހީބަކާއެކު، ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

މި ހުކުރު ދުވަހު ވެލިދޫ ކޮމިއުނިޓީ ސެންޓަރުގެ ހޯލުގައި ބޭއްވި މި މައުރަޒަކީ ވެލިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ) ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މިއީ މިދިޔަ އަހަރު ވެސް އެ ރަށުގައި ކާމިޔާބުކަމާއެކު ބޭއްވި މައުރަޒެކެވެ.

ޖުމްލަ ތިން ދާއިރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މައުރަޒުގައި ބައިވެރިން ހުށަހެޅުންތައް ހުށަހަޅާފައިވަނީ ކާބޯތަކެތީގެ ދާއިރާ އާއި ކްރިއޭޓިވް އާޓްސްގެ ދާއިރާގެ އިތުރުން އަތްތެރި މަސައްކަތްތަކުގެ ދާއިރާއިންނެވެ. މި މައުރަޒަށް ހުށަހެޅި ތަކެއްޗަށް އިންސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް (އެންސީއޭ) ގެ ތިން ޖަޖުންނެވެ.

މައުރަޒަށް ހުށަހަޅާފައިވާ ވެލިދޫއަށް ހާއްސަ މުރަނގަ ބަތް---

މި މައުރަޒާ ގުޅޭގޮތުން "ފަރުދުން" މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް، ރުގިއްޔާ ގާސިމް ވިދާޅުވީ، ވެލިދޫގައި ވަރަށް ހުނަރުވެރި ބަޔަކު ދިރިއުޅޭ ކަމަށާއި، މި މައުރަޒުގެ މައިގަނޑު މަގުސަދަކީ އެ މީހުންގެ ހުނަރުތައް ދައްކާލުމަށް ފުރުސަތު ހޯދައިދިނުމާއި، އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

ނޭންގި ތިބި ހުނަރުވެރިން މި މައުރަޒުން އެކި އަހަރުތަކުގައި ފެނިގެންދަނީ. އަދި މިކަމުން އެމީހުންނަށް އާމްދަނީ ހޯދޭނެ މަގުތައް ފެނޭ.

ރުގިއްޔާ ވިދާޅުވިއެވެ.

މި މައުރަޒުގެ އެކި ދާއިރާތަކުން ވަނަތައް ހޮވާފައިވާއިރު، ކާބޯތަކެތީގެ ދާއިރާއިން އެއްވަނަ ހޯދާފައިވަނީ "ގާސިމްސް" އެވެ. އަދި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން އެއްވަނަ އަހުމަދު ޝާޒިން މުހައްމަދު ހޯދިއިރު، އަތްތެރި މަސައްކަތްތަކުގެ ދާއިރާއިން އެއްވަނަ ހާސިލުކުރީ ރާއިދާ އަބްދުލް ވައްހާބެވެ. މީގެއިތުރުން މުޅި މުބާރާތުން އެއްވަނަ ހޯދީ ވެސް ރާއިދާއެވެ.

މި އަހަރުގެ މައުރަޒަށް ވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާތީ، މިއަންނަ އަހަރު ވެސް މިއަށް ވުރެ ފުޅާކޮށް އަދި ފުރިހަމަކޮށް މި މައުރަޒު ބާއްވާނެ ކަމަށް ޑަބްލިޔުޑީސީގެ ރައީސް ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450