ޚަބަރު
އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ. ފޮޓޯ: ވުޒާރާ
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މައި ޖަމްއިއްޔާ، އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަން އެންޑް އެނާރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.
މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމުގައި ހިއްސާވާ ތިން ވޯކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން ބަޖެޓް މުރާޖާކުރުމާއި، އިދާރީ އަދި އިޖުރާއީ މުހިންމު ކަންކަމުގެ އިތުރުން، އައިޕީސީސީގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ދެނެގަތުމަށާއި، ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ސައިންޓިފިކް ދިރާސާތަކާއި އެސެސްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.
Director General, Climate Change - Mr. Amjad Abdulla, is representing the Maldives at the Sixty-fifth Session of the Intergovernmental Panel on Climate Change (IPCC). The session focuses on establishing timelines and work plans for the three Working Groups contributing to the Seventh Assessment Report (AR7), reviewing the budget, and addressing key administrative and procedural matters, including the role of artificial intelligence in IPCC processes. As a Small Island Developing State facing growing climate challenges, the Maldives recognizes that scientific research and assessments are indispensable to understanding the impacts of a changing climate and developing informed, effective responses. Advancing scientific knowledge, fostering international collaboration, and translating research into policy are essential to strengthening climate resilience, addressing the vulnerabilities of island communities, and ensuring that global climate action is guided by reliable evidence. #ClimateChange #IPCC #ClimateScience #AR7 #ScienceBasedPolicy #ClimateAction
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 15, 2026
އަދި ސައިންޓިފިކް މަޢުލޫމާތުތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ސައިންސީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި، ޖަޒީރާ މުޖުތަމަޢުތަކުގެ ނާޒުކުކަން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވެސް ރާއްޖެއިން ދެކެއެވެ.
ހަމައެއާއެކު، މުޅި ދުނިޔޭގެ ފެންވަރުގައި އަޅާ މޫސުމީ ފިޔަވަޅުތަކަކީ އިތުބާރު ހުރި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަށަވަރުކުރުމަކީ ވެސް ރާއްޖެއިން މި ބައްދަލުވުމުގައި ބާރުއަޅާ މުހިންމު އެއް އަމާޒު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.