Ads by Farudhun

ޚަބަރު

އެރައިޒް މަޝްރޫޢު: ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް 13 ރަށެއްގައި ފަށައިފި

އެރައިޒް މަޝްރޫޢު: ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް 13 ރަށެއްގައި ފަށައިފި

މި ބައްދަލުވުންތަކުގެ ތެރެއިން... ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

17 އޮކްޓޯބަރު 2026، 10:25

17 އޮކްޓޯބަރު 2026، 10:25

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތައިގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ހިމެނެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެ ރަށްރަށުގެ ރައްޔިތުންނަށް މަޝްރޫޢުގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދިނުން ކަމަށެވެ. މީގެއިތުރުން، މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) އޮޅުންފިލުވައިދިނުން ވެސް މި ސެޝަންތަކުގައި ހިމެނޭ ކަމަށެވެސް ވަނީ ވިދާޅުވެފައެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ.ފުނަދޫގެ އިތުރުން ލ.މާބައިދޫ އަދި ލ.ކުނަހަންދޫގައެވެ.

މި ބައްދަލުވުންތަކުގައި ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫޢާ ގުޅޭގޮތުން ހުށަހެޅި ޚިޔާލުތަކަށް މަޝްވަރާކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450