Ads by Farudhun

ޚަބަރު

ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

ޅޮހީގައި ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

17 އޮކްޓޯބަރު 2026، 10:46

17 އޮކްޓޯބަރު 2026، 10:46

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، ފެނަކައާ ހަވާލުކޮށްގެން ނ. ޅޮހީގައި ތަރައްގީކުރި އައުޓް ޑޯ ޖިމްގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.

ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު ނިންމައި، ޖިމް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނަވީޒް އަދި ޅޮހީ ކައުންސިލްގެ ރައީސް މުހައްމަދު ނައީމެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު މާރޗް މަހުގެ ތެރޭގައެވެ. މި އައުޓްޑޯ ޖިމަކީ، ޅޮހީގެ ރައްޔިތުންގެ މެދުގައި ކަސްރަތުކުރުމުގެ އާދަ އަށަގަންނުވުމަށް ޓަކައި އަދި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރެވުނު ތަނެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.



ރާއްޖޭގެ ހުރިހާ  ކަންކޮޅުތަކަށް ކުޅިވަރުގެ ދާއިރާއިން ތަފާތު ކުރިއެރުންތައް ގެނައުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން،  ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450