Ads by Farudhun

ޚަބަރު

ހއ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ހއ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވުން. ފޮޓޯ: ސްޓެލްކޯ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޮކްޓޯބަރު 2026، 11:14

17 އޮކްޓޯބަރު 2026، 11:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ހއ. އަތޮޅުގެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުންނެވެ. 

އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ އުވާލައި އެ ކުންފުނިން ދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ނިންމަވާފައިވާ ނިންމެވުމެކެވެ.



ހއ. އަތޮޅުގެ އިތުރުން، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ ޚިދުމަތާ ވެސް ސްޓެލްކޯއިން ވަނީ މިހާރު ހަވާލުވެފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ވެސް މިހާރު ޚިދުމަތް ދޭން ފަށާފައިވާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450