Ads by Farudhun

ޚަބަރު

އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށް ޓަކައި ކުރުން މުހިންމު ކަމެއް: ސަޢީދު

އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށް ޓަކައި ކުރުން މުހިންމު ކަމެއް: ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޮކްޓޯބަރު 2026، 12:53

17 އޮކްޓޯބަރު 2026، 12:53

ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަޢީދު ވިދާޅުވީ ސިޔާސީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގޭ ކެމްޕޭނަކަށް ދުވަހަކު ވެސް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ ލާބައަށް ޓަކައި އަދި، އިންވެސްޓްމަންޓްތަކުގެ ސަބަބުން ފަހިވެގެންދާ ފުރުޞަތުތަކަށް ޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަ ފެތުރުމާއި ބިރުދެއްކުމުގެ ޢަމަލުތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މި ދޮގު ވާހަކަތައް ވެގެންދާނީ "ހިތްގައިމު މިޔުޒިކަކަށް" ކަމަށެވެ.

މީގެއިތުރުން، ޤަބޫލުކުރަން ދަތިވި ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ މައި  ތަނބަކީ ފަތުރުވެރިކަން ކަމަށާއި، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ޓްރެންޑުތަކަކީ އަބަދުވެސް ބަދަލުވަމުން، ކުރިއަރަމުން އަންނަ ކަންކަން ކަމަށް ސަޢީދު ވިދާޅުވިއެވެ. އެހެންކަމުން ނަފުރަތާއި، ދޮގާއި، ހަސަދައިގެ މައްޗަށް މިފަދަ ޞިނާޢަތެއް ބިނާނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



ރާއްޖޭގައި އަބަދުވެސް ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް މި ޤައުމުގައި ނުހިނގާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވަނީ، ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ، މޯލްޑިވްސް އިންޑިޕެންޑެންޓުން އާއްމުކޮށްފައިވާ ނޫހެއްގެ ފޮޓޯ ހިމަނުއްވާ، އެއީ ދޮގު ހަބަރުތަކެއްކަން ފާހަގަކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450