Ads by Farudhun

ޚަބަރު

އުތުރު ބަނދަރު ފިންގަރ ޖެޓީ: ކޮލަމް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލަނީ

އުތުރު ބަނދަރު ފިންގަރ ޖެޓީ: ކޮލަމް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޮކްޓޯބަރު 2026، 01:52

17 އޮކްޓޯބަރު 2026، 01:52

މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކުގެ ކޮލަމް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ހަފުތާގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަގަނޑު ބަނުމުގެ މަސައްކަތްތައް އެއްފަހަރާ ކުރިއަށްދާއިރު، ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ފިންގަރ ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 61 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.



އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން އެ ބަނދަރު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.

މިއީ ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ބުރަ ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. 

މީގެ އިތުރުން، މި ޖެޓީތައް ޤާއިމުކުރުމުން އެއްފަހަރާ ގިނަ ޢަދަދެއްގެ އުޅަނދުތަކަށް ކައިރިކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގައި ނިންމައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450