Ads by Farudhun

ޚަބަރު

ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓަކާއި ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓަކާއި ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް، ފޮޓޯ: އެޗްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޮކްޓޯބަރު 2026، 08:54

18 އޮކްޓޯބަރު 2026، 08:54

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެ ކާރު ދުއްވި ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު 04:33 އެހައިކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މާލެ އަދި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތަކާއި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގެ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450