Ads by Farudhun

ޚަބަރު

ވަޒީރުންނާއެކު ބާއްވާ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ

ވަޒީރުންނާއެކު ބާއްވާ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ

"އަހާ" ސިލްސިލާ ފޯރަމެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޮކްޓޯބަރު 2026، 10:28

18 އޮކްޓޯބަރު 2026، 10:28

ސަރުކާރުގެ ވަޒީރުންނާއި ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްގެ 10 ވަނަ ބުރު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބާއްވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:

  • ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
  • މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު
  • މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި ސިލްސިލާގެ ދަށުން މިހާތަނަށް 9 ފޯރަމެއް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.

މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ދާއިރާތަކުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގައި ސަލްޓަން ޕާކަށް ގޮސް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ އިތުރުން، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ކަމާގުޅޭ ވަޒީރުންނަށް ސުވާލު ހުށަހެޅޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450