Ads by Farudhun

ޚަބަރު

އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވުމަށް އެދިއްޖެ

އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވުމަށް އެދިއްޖެ

އިނގރޭސި ވިލާތުގެ މަންޒަރެއް...ފޮޓޯ: ސައިކްސްކޮޓޭޖް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

18 އޮކްޓޯބަރު 2026، 12:47

18 އޮކްޓޯބަރު 2026، 12:47

އިނގިރޭސި ވިލާތަށް ދަތުރުކުރާ، އެ ޤައުމު މެދުވެރިކޮށް އެހެން ޤައުމުތަކަށް ޓްރާންސިޓް ދަތުރުތައް ކުރާ ދިވެހިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ސަމާލުވުމަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިއްޔެ އެދިއްޖެއެވެ.

ދިވެހި ހައި ކޮމިޝަނުން އިއްޔެ "އެކްސް" ގައި ހިއްސާކެރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރު ފެށުމުގެ ކުރިން އިނގިރޭސި ވިލާތަށް އެތެރެވުމާއި ޓްރާންސިޓް ކުރުމުގެ އެންމެ ފަހުގެ ގަވާއިދުތައް ބެލުމަށް އެދޭ ކަމަށެވެ. އަދި އީޓީއޭއެއް ނަގަން ޖެހޭތޯ ބެލުމަށް ވެސް  ވަނީ ހަނދާން ކޮށްދީފައެވެ.



އިނގިރޭސި ވިލާތުގެ ޕާސްޕޯޓު އޮންނަ މީހުންނާއި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ނުވަތަ ކިޔެވުމުގެ ހުއްދަ އޮންނަ މީހުންނަށް އީޓީއޭ ބޭނުމެއް ނުވާނެއެވެ. އީޓީއޭ އަށް އެދުމަށް 20 ޕައުންޑް ދައްކަން ޖެހޭއިރު، އިނގިރޭސި ވިލާތުގެ އެއާޕޯޓެއް މެދުވެރިކޮށް އެހެން ޤައުމަކަށް ދަތުރުކުރާއިރު، ބޯޑަރު ކޮންޓްރޯލް ހުރަސްކުރާ ނަމަ އީޓީއޭ ބޭނުންވާނެއެވެ.

އިނގިރޭސި ވިލާތަކީ ވަރަށް ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ ޤައުމެކެވެ. އަދި އެ ޤައުމުގައި ބައެއް ދިވެހިން ދަނީ ދިރިއުޅެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450