Ads by Farudhun

ޚަބަރު

މަދިރި އާލާވުން އިތުރުވާތީ ޑެންގޫއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މަދިރި އާލާވުން އިތުރުވާތީ ޑެންގޫއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޑެންގީ ފަތުރާ އީޑިސް މަދިރި--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޮކްޓޯބަރު 2026، 12:52

18 އޮކްޓޯބަރު 2026، 12:52

މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގޫ ހުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާންގީތަކުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމު ރައްޔިތުންނާއި، ރަށްރަށުގެ ކައުންސިލުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

ޑެންގީއަކީ ބަލިޖެހިފައިވާ މީހެއްގެ ގައިގައި "އީޑީސް" މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުގެ ސަބަބުން ވައިރަސް ވާސިލުވެގެން ފެތުރޭ ބައްޔެކެވެ. މި ބަލި ޖައްސާ އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:

  • ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން.
  • މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން.
  • ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ބަލައި ސާފުކުރުން.

 ޑެންގީ ޖެހިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ޑޮކްޓަރެއްގެ ލަފައާ ނުލައި ޕެރެސެޓަމޯލް ފިޔަވައި ތަދުކަނޑުވާ އެހެން ބޭހެއް ބޭނުން ނުކުރުމަށާއި، ބަލީގެ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450