Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލައެއްގައި ރަސްދޫއިން 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލައެއްގައި ރަސްދޫއިން 9 މީހަކު ހައްޔަރުކޮށްފި

މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޮކްޓޯބަރު 2026، 01:31

18 އޮކްޓޯބަރު 2026، 01:31

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ:

  • މުޙައްމަދު ޢުލްވާން ރަޝީދު (21އ) - ލިލީމީޑް / އއ. ރަސްދޫ
  • އަޙްމަދު ޢަރީފު (37އ) - ގުލްދަސްތާގެ / އއ. ރަސްދޫ
  • އިބްރާހީމް ދިނާން (30އ) - ހަވާމަންޒިލް / އއ. ރަސްދޫ
  • އަޙްމަދު އިކުލީލް (37އ) - ފެހިވިނަ / އއ. ރަސްދޫ
  • އަޙްމަދު މުޙައްމަދު (44އ) - ކާރނޭޝަންމާގެ / އއ. ރަސްދޫ
  • ޢަލީ ވަސީމް (44އ) - ކާރނޭޝަންމާގެ / އއ. ރަސްދޫ
  • ލީނާ މޫސާ (23އ) - ވިދުވަރުގެ / ހދ. ކުމުންދޫ
  • ރިމާޒު މުޙައްމަދު (29އ) - ހިކިފިނިފެންމާގެ / އއ. ތޮއްޑޫ
  • މެހެދީ ހަސަން (27އ) - ބަންގްލަދޭޝް


ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަންގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިދީފައެވެ. މީގެ އިތުރުން އަޙްމަދު އިކުލީލް ހަތް ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސް ދުވަހަށް، އަދި ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450