Ads by Farudhun

ޚަބަރު

ވެމްކޯގެ ޚިދުމަތް ނުލިބޭ ހުރިހާ ތަނަކަށް ވަރަށް އަވަހަށް ޚިދުމަތް ފޯރުކޮށްދޭނަން: ވަޒީރު

ވެމްކޯގެ ޚިދުމަތް ނުލިބޭ ހުރިހާ ތަނަކަށް ވަރަށް އަވަހަށް ޚިދުމަތް ފޯރުކޮށްދޭނަން: ވަޒީރު

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޮކްޓޯބަރު 2026، 09:22

19 އޮކްޓޯބަރު 2026، 09:22

އަތޮޅުތެރޭގެ ރަށްތަކާއި އާބަން ސެންޓަރުތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ފުރިހަމައަށް އެހީތެރިކަން ދެމުންދާ ކަމަށާއި އަމާޒަކީ އެ ޚިދުމަތް ނެތް ހުރިހާ ރަށަކަށް ވީހާވެސް އަވަހަކަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ނުލިބޭ ހުރިހާ ރަށަކަށް އެ ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ. އެގޮތުން ބޮޑެތި އާބާދީތަކަށް މިއަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މިހާރު ވެސް ވެމްކޯގެ ޚިދުމަތް ނުލިބޭ ހުރިހާ ސަރަޙައްދަކަށް އެ ޚިދުމަތް ފުޅާކުރުން ކަމަށެވެ. 

"ކުރީގަ ވެސް ޕްލޭން ކުރެވިފަ އޮތީ މި އަހަރު ނަމަވެސް އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ތާރީހެއްގަ އަޅުގަނޑުމެން އެ ހިދުމަތް ފޯރުކޮށްދޭނަން،" 

ވަޒީރު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި މީހުން ދިރިއުޅޭ މައި ސަރަހައްދުތަކުގައި ވެމްކޯގެ ޚިދުމަތް ފެށުމަށާއި، މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450