Ads by Farudhun

ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކުގައި 119 އެފްއާރްސީތަކުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ އެކި ހިސާބުތަކުގައި 119 އެފްއާރްސީތަކުގެ މަސައްކަތް ކުރިއަށްދަނީ

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޮކްޓޯބަރު 2026، 09:47

19 އޮކްޓޯބަރު 2026، 09:47

މުޅި ރާއްޖޭގައި މިހާރުވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ރައީސް އޮފީހުން ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ، މިހާތަނަށް 8 ރަށެއްގެ އެފްއާރުސީ ސެންޓަރު ނިމި އެތަންތަނަށް ބޭނުންވާ ސާމާނުގަތުމަށް ވަނީ އިއުލާން ވެސް ކުރެވިފައި ކަމަށެވެ.

ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ ސެންޓަރުތައް ހެދުމަށް އަމާޒު ހިފާފަވާއިރު، މިހާތަނަށް އެފްއާރުސީ ސެންޓަރުތައް ހަދަން ނުފެށި ހުރި ރަށްތަކުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ފެށުމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް، 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން." 

ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތައް ކިތަންމެ ގިނަވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންތަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަޅާނުލެވި އޮތް ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންކަން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450