Ads by Farudhun

ޚަބަރު

މާފަރު ޕޮލިސް ޕޯސްޓް އިމާރާތުގެ ފާރުގައި ސިމެންތި ޖެހުމާއި ފިނިޝިންގ މަސައްކަތް ކުރިއަށް

މާފަރު ޕޮލިސް ޕޯސްޓް އިމާރާތުގެ ފާރުގައި ސިމެންތި ޖެހުމާއި ފިނިޝިންގ މަސައްކަތް ކުރިއަށް

މާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޮކްޓޯބަރު 2026، 10:58

19 އޮކްޓޯބަރު 2026، 10:58

ނ. މާފަރު ޕޮލިސް ޕޯސްޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ވަށާފާރުގައި ސިމެންތި ޖެހުމާއި ފިނިޝިންގ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

 މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ވަށާފާރުގައި ސިމެންތި ޖެހުމުގެ އިތުރުން، ފާރާއި ސީލިންގ ސީލްކުރުމާއި، ތަޅުމުގައާއި ފާރުގައި ޓައިލްސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ދިދަ ދަނޑި ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މަޝްރޫޢުގެ ސްޓްރަކްޗަރަލް މަސައްކަތްތަކާއި ގްރައުންޑް ސްލެބް އެޅުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 53 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ 75 ރަށެއްގައި ޒަމާނީ ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން، އެމްޓީސީސީއާ ޙަވާލުކޮށްފައިވާ 15 ޕޮލިސް ޕޯސްޓްގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ.

ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުން، އެމްޓީސީސީން އަންނަނީ މާފަރުގެ އިޖުތިމާޢީ ވަސީލަތްތައް ތަރައްޤީކުރުމަށް އައުޓްޑޯ ޖިމަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އިތުރުން ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450